Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

މެޑިކަލް އެމަޖެންސީ ހާލަތާއި, 65 އަހަރުން މަތީގެ ފަރާތްތަކަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭ ގޮތް ހަދައިފި

މެޑިކަލް އެމަޖެންސީ ހާލަތާއި, 65 އަހަރުން މަތީގެ ފަރާތްތަކަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭ ގޮތް ހަދައިފި

މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އެމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް، އެ ފަރާތްތަކުން ބޭނުން ނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މި ބަދަލު ގެނެސްފައި މިވަނީ އޮންލައިންކޮށް ޕާސްޕޯޓާއި އައިޑީކާޑަށް އެދުމާއި ފައިސާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން އެއްކޮށް ބަދަލުކުރުމުން އުމުރުން ދުވަސްވީ މީހުންނަށް ދަތިތަކާއި ކުރިމަތިވެފައި ވަނިކޮށެވެ.

Advertisement
HDC — Sidebar (box)

އެގޮތުން އިމިގްރޭޝަނުން މިއަދު ބުނީ މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ޚިދުމަތް މިހާރު ލިބޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް