ޚަބަރު

ފްލެޓުން ވައްކަންކޮށް ރައްޔިތުން މަގުމަތިކޮށްފި: ޑރ. މުއިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިސަރުކާރުން ވަނީ ފްލެޓުން ވައްކަންކޮށް، ރައްޔިތުން މަގުމަތި ކޮށްފައި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓުން ވައްކަންކޮށް ރައްޔިތުންތަކެއް މަގުމަތިކޮށްފައިވާ ކަމަށާއި މިގޮތަށް މަގުމަތި ކުރި ފަރާތްތަކަށް އެހީވާން އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށެވެ.

ޑރ.މުއިއްޒު ވިދާޅުވީ އެފަދަ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން ކޯޓު މެދުވެރިކޮށް މިކަމުގައި ސަރުކާރު ބަލިކޮށް ބޭޒާރު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެމަސައްކަތް ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށެވެ.

"އެތައް ސަތޭކަ ރައްޔިތުންނެއް މިވަނީ މަގުމަތިކޮށްފައި. މިފަދަ ނުބައި ލާއިންސާނީ ސަރުކާރެއް ރާއްޖޭގެ ތާރީހު ވެސް ނުދެކޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިހާރު ނެރެފައިވަނީ ގާނޫނީ ގޮތުން ބަލާއިރު ބާތިލު ލިސްޓުތަކެއް ކަމަށް ވިދާޅުވަމުން ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ފްލެޓުގެ ހަައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ކުރީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށާއި އެގޮތުން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ނަމުގައި ގޭގެއަށް ގޮސް ކޮށްފައިވަނީ ދެތިން ސުވާލު ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!