ޚަބަރު ސަރުކާރު ސިޔާސީ

ތިލަމާލެ ބްރިޖްގެ މަސައްކަތް އުޅެނީ ޝެޑިއުލަށްވުރެ ކުޑަތަންކޮޅެއް ކުރީގައި: ޑރ. މުއްޠަލިބު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ޝެޑިއުލަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ކަމަށް ޢިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. މުއްޠަލިބު މިހެން ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫޢު ކުރިއަށްދާ ސްޕީޑާއި މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާ ޑރ. މުއްޠަލިބު ވިދާޅުވީ އެ މަޝްރޫޢު މިހާރު ކުރިއަށް ދަނީ ޝެޑިއުލަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ކަމަށެވެ.

އެގޮތުން ތަނބު ޖެހުމުގެ %50 މަސައްކަތް ނިމި ބައެއް ޕިއަރތަކުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި އުންމީދު ކުރަނީ އަދިވެސް އިތުރަށް ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން އަވަސްކޮށްގެން މަސައްކަތް ކުރިއަށްގެންދެވޭތޯ" ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުނީގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި އެ ކުންފުނީގެ މަސައްކަތާއި ދޭތެރޭ މި ވަގުތަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ޑރ. މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން 2025 ވަނަ އަހަރުގެ މެދުތެރެއަށް ވިލިމާލެއާއި ހަމައަށް ގުޅޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށް ޑރ. މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުންނެވެ. މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބުރިޖަކީ ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ މި ބްރިޖްގެ ދިގު މިނުގައި 6.695 ކިލޯމީޓަރު ހުންނާނެއެވެ.

  1. ތިހާބޮޑަށް އަވަސްއަރުވާލީމަ މަސައްކަތުގެ ކޮލިޓީ ދައްވުން އެކަށީގެންވޭ.