ޚަބަރު

ފްރޮންޓްލައިނުން އެންމެ ގިނައިން ފައްސި ވަނީ އެއާޕޯޓް މުވައްޒަފުން

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެެއިން ކޮވިޑަށް ފައްސިވާ ފުރޮންޓްލައިން މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވަނީ އެއާޕޯޓު މުވައްޒަފުން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

Ads by Hajj Corporation

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެކި އެކި ބާވަތްތަކުން އެންމެ ގިނަ މީހުން ފައްސި ވަނީ ފުރޮންޓްލައިން މަސައްކަތްތެރިންނާއި ވަޒީފާ ނެތް މީހުން ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، ފުރޮންޓްލައިން އަދި ވަޒީފާ ނެތް މީހުންގެ ތެރެއިން 600 މީހަކު ވަނީ ފައްސިވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއިދިންފަހުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން މި ބަލީގެ ނުރައްކަލަށް ހުށަހެޅޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެއަރޕޯޓުގައި މަސައްކަތްކުރާ ސްޓާފުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނަށް ބަލިޖެހޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ހައި ރިސްކް ކެޓެގަރީގައި ހިމެނޭ އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ބަލިޖެހޭ ޢަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާކަމަށެވެ. ވަކިން ޚާއްސަގޮތެއްގައި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބަލީގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!