ޚަބަރު

ބެރިއެއްގެ ބައެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މާލޭގައި ގެއެއްގެ ބެރިއެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

Ads by MWSC

ފުލުހުން ބުނީ މއ.ގޮމަށިގޭ މަތިން ބެރިއެއްގެ ބައެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!