ޚަބަރު ސިޔާސީ

ތިން ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތިން ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އީސީން ބުނީ ބައި-އިލެކްޝަން ކުރިއަށްދަނީ ފ.އަތޮޅު އަދި ވ.ފެލިދޫ ކައުންސިލް ރައީސް އަދި ރ.ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރުމަށް ކަމަށެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖެހިއިރު ވަނީ ފަށާފައެވެ. އީސީން ބުނީ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާ ހަމަޔަށް ކަމަށެވެ.

ކޮމިޝަނުން ދާދި އާއްމުކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުން އެ ތިން ރަށުގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު 5574 މީހަކަށް ލިބިގެންވެއެވެ. އެގާރާ ޖެހުމާއި ހަމަޔަށް ވޯޓުލާފައިވަނީ 657 މީހުންނެވެ. އެއީ 297 އަންހެނުންނާއި 360 ފިރިހެނުންނެވެ.

ފ އަތޮޅު ކައުންސިލް ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓު ފޮށިތައް ހުންނާނީ
ފ. ފީއަލި، ފ. ބިލެތްދޫ، ފ. މަގޫދޫ، ފ. ދަރަނބޫދޫ އަދި ފ. ނިލަންދޫގައެވެ.  ވ. ފެލިދޫ އާއި ރ. ރަސްގެތީމު ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އެ ރަށްރަށުގައި ބަހައްޓާފައި ހުންނާނެކަމަށްވެސް އީސީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!