Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޮވިޑް19: އިނގިރޭސި ވިލާތުގެ ޖަލުތަކުގައި ވައިރަސް ފެތުރިއްޖެނަމަ ގައިދީން މިނިވަން ކުރާނެ!

އިނގިރޭސިވިލާތުގެ ޖަލުތަކުގައި ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ ގައިދީންގެ ހުކުމްގެ މުއްދަތު ފުރިހަމަ ނުވިޔަސް މިނިވަން ކުރަން ޖެހިދާނެެކަމަށް އެގައުމުގެ ޖަލުތަކާއި ބެހޭ އެންމެ އިސް އޮފިޝަލު ބުނެފިއެވެ.

އޮފިޝަލު މިހެން ބުނެފައި މިވަނީ އިނގިރޭސި ވިލާތު ޖަލެއްގެ 113 މުވައްޒަފަކާއި 75 ގައިދީން ވައިރަސްއަށް ޝައްކު ކުރެވިގެން އެކަހެރި ކުރެވުނު ދަނޑިވަޅެއްގައެވެ. ނަމަވެސް އެކަހެރި ކުރި އެއްވެސް މީހެއް ވައިރަހަށް ފައްސި ވެފައެއް ނުވެއެވެ.

އޮފިޝަލު އިތުރަށް ބުނި ގޮތުގައި ޖަލުތަކުގެ ސަލާމަތީ ކަންތައްތަކަށް ވެސް ބޮޑު ސަމާލުކަމެއް ދެމުންދާ ކަމަށާއި އިޓަލީގެ ޖަލުގައި ދިމާވި ފަދަ ހަމަ ނުޖެހުމެއް ދިމާނުވުމަށް ކުރެވެން ހުރިހާ ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

އިޓަލީގައި ދާދި ފަހުން ވަނީ ލޮކްޑައުން ކުރި ޖަލެއް ފަޅާލައި ގައިދީން ތަކެއް ނިކުމެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ.

އިނގިރޭސިވިލާތުން 1391 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި މަރުވި މީހުންގެ އަދަދުވަނީ 35 އަކަށް އަރާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ކޮރޯނާގެ 174،614 ކޭސް ރިޕޯޓުކުރެވިފައިވާއިރު ވައިރަސް ޖެހުނު 77867 މީހުންވަނީ ވައިރަހުން މުޅިން ރަނގަޅުވެފައެވެ. އަދި ވައިރަހުގެސަބަބުން 6685 މީހެއް މަރުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް