Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މަޑަވެލި- ހޯޑެއްދޫ ކޯޒްވޭ ކަނޑާލަައިފި

މަޑަވެލި- ހޯޑެއްދޫ ކޯޒްވޭ  ކަނޑާލަައިފި

ގދ.މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫއާ ދެމެދު އޮންނަ ކޯޒްވޭ ރޭ ދަންވަރު ގެ ވަގުތެއްގައި ކަނޑާލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ ހޯޑެއްދޫ ކޮޅުން އެ ރަށާއި ތިރީހަކަށް ފޫޓު ކައިރިން ކޯޒްވޭގެ ބޮޑު ބައި ކަނޑާލައިފައިވާކަމަށެވެ.

"ހޯޑެއްދޫއާ ތިރީހަކަށް ފޫޓު ކައިރިން ކޯޒްވޭގެ ބޮޑު ބައި ކަނޑާލައިފައި ވަނީ. ބޮޑު ދިޔައިިގައި ކޯޒްވޭ ދެ ބުރި ވާނެ. މިއީ ވަރަށް ދެރަ ކަމެއް ރައްޔިތުންނަށް ދަނީ ބޮޑު ގެއްލުންތައް ލިބެމުން ކޯޒްވޭ ކަނޑައިލުމުން" ފިޔާޒް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ފިޔާޒް ވިދާޅުވީ މިކަން ކުރި ސީދާ ބައެއް ނޭނގުނު ނަމަވެސް މިއީ ހޯޑެއްދޫ ކައުންސިލުން ކޯޒްވޭ ކަނޑައިލާން ނިންމި ނިމުމުގެ ސަބަބުން ހިނގަައި ދިޔަކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ ގޮތުން ހޯޑެއްދޫ ކައުންސިލުން ކޯޒްވޭ ކަނޑައިލާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައިވާ ކަމަށާއި އެކަމަކީ މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ފިޔާޒް ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން ކޮށްފައިވާ އެފަދަ ކަންކަމަށް ގެއްލުން ދިނުމަކީ ކައުންސިލްގެ އިހްތިސާސް ތެރޭ ހިމެނިގެންވާނެ ކަމެއް ނޫން. ހޯޑެއްދޫ ކައުންސިލުން ނެރުނު ބަޔާނުގެ ސަބަބުން މި ފަދަ ކަންކަމަށް ހިތްވަރު ލިބޭ. ކައުންސިލުން އެބަޔާން ނުނެރުނު ނަމަ ހިތްވަރު ނުލިބުނީސްކަމަށް އަޅުގަނޑު ދެކެނީ އަދި އެއީ ހިތްވަރު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްކަމަށް އަޅުގަނޑު ދެކެނީ" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ކޯޒްވޭ ކަނޑައިލީ ކޮންމެ ބަޔަކަށް ވީ ކަމުގައިވީ ނަމަވެސް އެ ބަޔަކަށް ގާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ކޯޒްވޭ ކަނޑާލުމުން ދެރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ގިނަ ގެއްލުންތައް ވަމުން ދާކަން ތަކުރާރުކޮށް ފާހަގަ ކުރައްވައި ފިޔާޒް ވިދާޅުވީ މަޑަވެލީގެ ގިނަ އިންވެސްޓްމެންޓްތައް ހޯޑެއްދޫގައި ކުރިއަށްދާ ކަމަށާއި ކޯޒްވޭ ކަނޑައިލުމުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް