ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 199 މީހުން، އޭގެ ތެރޭގައި 145 ދިވެހިން ހިމެނޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިއަދު އިތުރު 199 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 145 ދިވެހީންނާއި ބަންގްލަދޭޝްގެ 45 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ ތިން މީހަކާއި އެމެރިކާ ދެ މީހަކާއި ޗައިނާ އަދި ޖަޕާނު މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 8003 އަށް އަރައިފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5265 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2703 މީހެކެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.

Ads by HDC
  1. ސޮމެޮނެ

    ކޮބާ ވެންޓިލޭޓަރ ތައް؟ ކޮބާ ހެލްތު މިނިސްޓަރ؟ ކޮބާ ފުލޯޓިންގ ހޮސްޕިޓަލް؟ ކުރީ ސަރުކާރުން ހެދި ބިޔަ އުސް ބޮޑު ހޮސްޕިޓަލުގައި ވާރެ ނިވާވަނީ ހަމައެކަނި 11 އަދި 16 ވަނަ ފަންގިފިލާ….. މިދެން ބޮޑުވަރު..