Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ގްރޭޑް އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ: އެޑިއުކޭޝަން

ގްރޭޑް އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ: އެޑިއުކޭޝަން

ގްރޭޑް އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމުގައި ދަރިވަރުންގެ އަމަލީ ފޮތެއް ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގްރޭޑް 1ގެ މުޤައްރަރުތައް އިސްލާހު ކޮށްފައިވާތީ މި އަހަރުގެ ދިރާސީ އާ އަހަރު ގްރޭޑް 1ގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އާ ފޮތްބައެއް ކަމަށެވެ.

މިގޮތުން މި ހިނގައި ދިރާސީ އައު އަހަރާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގްރޭޑް 1ގައި ކިޔަވައި ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފަ އިވަނީ މުދައްރިސުން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކްލާހުގައި (ޚާއްސްކޮށް ގްރޫޕުތަކުގައި) ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ރިފަރަންސް ފޮތެއް ކަމަށް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

އެ ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ 5 ދަރިވަރުންގެ ގްރޫޕުތަކުގައި ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަނުން މި ބަޔާން ނެރެފައި މިވަނީ، ގްރޭޑް އެކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކްރިއޭޓިވް އާޓް ފޮތްތައް އަތުލަައި، ކޮންމެ 5 ކުއްޖަކަށް އެއް ފޮތް ބޭނުންކުރާ ގޮތަށް އެ މިނިސްޓްރީން ނިންމެވުމުން، އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް