ކުކުޅު ފިހާރަ: މިފަހަރު "ފްރޯޒަން ޕެކް" ލިބުނީ ކާކަށްކަން އެނގޭތަ؟ ޝަހުދާ އަށް!
އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ "ކުކުޅު ފިހާރަ" އިން ދޭ "ފްރޯޒަން ޕެކް" ގެ ދެވަނަ ހަފްތާގެ ނަސީބުވެރިއަކަށް މިފަހަރު ހޮވުނީ އައިޝަތު ޝަހުދާ އެވެ.
ފޭސްބުކް މެދުވެރިކޮށް "ކުކުޅު ފިހާރައިން" މިދިޔަ އޮގަސްޓު މަހުގެ 20 ން ފެށިގެން އަންނަ އޮކްޓޫބަރު 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، އެފިހާރައިގެ އެފްބީ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ކުކުޅު ފިހާރައިން ބުނިގޮތުގައި ޖުމްލަ ދެ މަސް ދުވަހަށް ކުރިއަށްދާ މިޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ކޮންމެ އަންގާރަ ދުވަހެއްގައެވެ.
ގިނަ އަދަދެއްގެ ފިނިކުރި ސާމާނު ވިއްކާ ކުކުޅު ފިހާރާއިން ހޯލްސޭލް ކުރާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.
ކުކުޅު ފިހާރައިން ވަނީ ކުކުޅުގެ ބާވަތެއް ކަމުގައިވާ "ކަރީ ކަޓް" ވެސް ތަޢާރަފް ކޮށްފައެވެ. އެފިހާރައިން މިހާރު ވެސް ކުރިއަށް ގެންދާ އިތުރު ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.
ކުކުޅު ފިހާރައިގެ ފަސް ތަނެއް ހުރެއެވެ. އެއީ:
▪︎ ކުކުޅު ފިހާރަ 1- ހުޅުމާލޭގައި
▪︎ ކުކުޅު ފިހާރަ 2- މާފަންނު އޭއެމްޑީސީ ސަރަހައްދުގައި
▪︎ ކުކުޅު ފިހާރަ 3- ހެންވާރު ކަލާފާނު ހިނގުމުގައި
▪︎ 4 ވަނަ ފިހާރަ- އއ. ތޮއްޑޫގައި، އަދި
▪︎ 5 ވަނަ ފިހާރަ އައްޑޫ ސިޓީ ހިތަދޫ ގައެވެ.
ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.