Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އަނެއްކާ ވެސް ޤުރުއާން އާޔަތުގެ މައްސަލައެއް، މިފަހަރު ގުރޭޑް 10 ކާއި ގުރޭޑް 2ގެ ފޮތް

އަނެއްކާ ވެސް ޤުރުއާން އާޔަތުގެ މައްސަލައެއް، މިފަހަރު ގުރޭޑް 10 ކާއި ގުރޭޑް 2ގެ ފޮތް

ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައި ދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލަތަކެއް ފެންމަތި ވެފައިވާ މިދަނޑިވަޅުގައި އަނެއްކާ އިތުރު ފޮތްތަކެއްގައި މައްސަލަ އުޅޭކަން ފާހަގަ ކުރެއްވިއްޖެއެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރޭޑް 10ގެ ފޮތުގައި ވެސް ގުރުއާންގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ ކަމަށެވެ. އަދި ގުރޭޑް 2ގެ ފޮތުގައި ވެސް ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު އުނިވެފައިވާކަމަށް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

https://twitter.com/Mohamedshaheem1/status/1434205850218876932

Advertisement
Allied Insurance — Square (box)

"ގްރޭޑް 10 ގެ ފޮތުގައި ވެސް ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް! އަލްމާއިދާ ސޫރަތުގެ 3ވަނަ އާޔަތް." ފޮތުގެ ފޮޓޯއާ އެކު ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1434196707986665475

އެޑިޔުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދީފައިވާ ފޮތްތަކުގައި ގުރުއާންގެ އާޔަތްތަކުގެ މައްސަލަތައް ހުރިކަން ފާހަގަވެފައިވާއިރު، އިސްލާމާއި ޤުރުއާން ފޮތްތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ގުރޭޑް 1ގެ ގުރުއާން ބޮޑުފޮތުގައި ސޫރަތުން ނަބާގެ ބައެއް އާޔަތްތަކާއި ސޫރަތުން ނާޒިޢަތުގެ ބައެއް އާޔަތްއަށް އެކުވެ އޮޅިފައިވާ މަައްސަލައެއް މިއަދު މެންދުރުގެ ވަގުތެއްގައި ފެންމަތި ވެފައިވަނިކޮށް، ގްރޭޑް 12ގެ ދަރިވަރުން ބޭނުންކުރާ އިސްލާމް ފޮތުގައި ވެސް ސޫރަތެއް ނުބައިކޮށް ލިޔެފައި އޮތް މައްސަލައެއް މިއަދު ވަނީ ފެންމަތި ވެފައެވެ.

ގްރޭޑް 1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ އެޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން މިހާރު ސްކޫލުތަކާ ވާހަކަ ދައްކާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މި މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ) ވަނީ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް