ޚަބަރު ސަރުކާރު ސިޔާސީ

އެމްޑީޕީން އެންޓި ކެމްޕޭނު ކުރާ ކަމަށް ތުހުމަތުކޮށް، މައްސަލަ އީސީއަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
ޕީޕީއެމް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕޭން ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ހުށަހަޅަން ޕީޕީއެމް/ޕިއެންސީން ނިންމައިފިއެވެ.

Ads by MWSC

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީސް އިންތިހާބުގެ މައުލޫމާތު ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަމަޖައްސާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ދޮގު ޚަބަރު ފަތުރައިގެން އެހެން ޕާޓީތަކާއި ދެކޮޅަށް އެންޓި ކެމްޕޭނު ކުރަމުން ކަމަށެވެ.

އަދި މިއީ އެ ޕާޓީން އެންޓި ކެމްޕޭނުކޮށްގެން މަޖިލިސް އިންތިޚާބުގައި ކުރި އެރުން ހޯދުމަށް ކުރާ ކަމެއް ކަމެއްގެ ގޮތުގައި ހީނާ ތުހުމަތުކުރިއެވެ.

"މިއީ ހަގީގަތުގައި ވަރަށް ދެރަ ކަމެއް،

ހީނާ ވިދާޅުވީ އެމްޑީޕީން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެން މީހުންނަށް ފައިސާދީގެން ސަރުކާރާއި ދެކޮޅަށް އެންޓި ކެމްޕޭނު ކުރަމުން ކަމަށެވެ. އަދި މިއީ އިންތިހާބާއި ގުޅޭ ގަވައިދާ ހިލާފު ކަމެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ މައްސަލަ އީސީއަށް ހުށަހަޅަން މިހާރު ނިންމާފައި ކަމަށެވެ.

އިންތިހާބާއި ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުގެ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް އެހެން ފަރާތަކުން ކުރާނަމަ، އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅައި އެކަމެއް ހުއްޓުވައި ދިނުމަށް އެ ކޮމިޝަންގައި އެދުމުގެ ހައްގު ކެންޑިޑޭޓުންނަށް ލިބިގެންވެއެވެ.

ކޮމިޝަނުން ލަސްނުކޮށް އެ މައްސަލައެއް ބަލައި އެކަމާމެދު ވަގުތުން ފިޔަވަޅު އަޅަން ވާނެކަމަށްވެސް އެ އެ ގާނޫނުގައި ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 602 ވޯޓުފޮށި ބެހެއްޓޭނެ ކަމަށް އީސީން ވަނީ ހާމަކޮށްފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!