ލައިފްސްޓައިލް

މީހުންނާއި ބޭކާރު ވާހަކަ ދެއްކުމަށްވުރެ، ވަގުތުގެ ބޭނުން ފައިދާހުރި ގޮތެއްގައި ހިފުން ބުއްދިވެރި ދޯ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަޒީފާގެ މާޙައުލުގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ބޭކާރު ވާހަކަ ދައްކާ މީހުން އިންތިހާއަށް ގިނައެވެ.ކަމެއް ކުރަން ހަވާލުވެފައި ނުވަތަ ޒިންމާތަކެއް ބޮލުގައި އެޅިފައި ހުންނައިރު ވެސް، އެފަދަ މީހުން ވަގުތުތައް ހޭދަ ކޮށްލަނީ ބޭކާރު ވާހަކަ ދެއްކުމުގައެވެ.

Ads by MWSC

ހަގީގަތުގައި ގިނަ ފަހަރަށް އެފަދަ މީހުން ބޭކާރު ވާހަކަ ދައްކަނީ ޒިންމާތަކުން ރެކެން ވެގެނެއް ނޫނެވެ. ސަމާލުކަން ލިބޭތޯއެވެ. އެކަނިވެރި ކަމުންނެވެ.

ބައެއް ފަހަރު މިފަދައިން މާގިނަ ބޭކާރު ވާހަކަ ދައްކާނަމަ ނަފްސާނީ ގޮތުން މީހާ ބަލިކަށި ވެސް ވާތަން އާދެއެވެ. އެހެންމީހުން ތިމާ އާއި އެވަރަކުން ވާހަކަ ދައްކަން ނޫޅޭ ވަރަކުން ވެސް ތިމާ ބަލަނީ އެމީހުންނާއި ވާހަކަ ދެއްކޭތޯއެވެ. އެމީހުންގެ ސަމާލުކަން ހޯދޭތޯއެވެ. ނަމަވެސް މިފަދައިން އުޅުމުގެ ސަބަބުން ތިމާއަށް ދެން ކުރިމަތިވާ ކަންތައްތައް މާހިތްދައްޗެވެ. އެހެން މީހުން ތިމާއަށް ނުދޭން އުޅޭ ސަމާލުކަމެއް ހޯދަން މަސައްކަތް ކުރުމުން ވެސް، ގިނަ ފަހަރަށް އެކަން ވާނީ ނާކާމިޔާބެވެ. އޭރުން ކުރިމަތިލާން ޖެހޭ ހިތާމަ މާބޮޑެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ސައިކޮލޮޖީ ޑިޕާޓްމަންޓުގެ ތަޖުރިބާކާރުން ވެސް ބުނެފައިވާ ގޮތުގައި އެހެން މީހުން ތިމާއާއި އެވަރަށް ވާހަކަ ދައްކަން ނޫޅޭއިރު ވެސް އެމީހުންނާއި ވާހަކަ ދައްކަން އުޅޭނަމަ، ވަރަށް ބޭކާރު ވާހަކަ ދެކެވި، އެމީހުން އިތުރަށް ތިމާ ބާކީ ކުރަން ފަށާނެއެވެ. އެފަދަ ކަންތައްތަކާއި ކުރިމަތިލުމަށްވުރެ ތިމާގެ ވަގުތު ފައިދާހުރި ގޮތަކަށް ފައިދާހުރި ކަމެއް ކުރަން ބޭނުން ކުރުން މާރަނގަޅު ވާނެއެވެ.
މިސާލަކަށް ބުނާނަމަ، އެހެން މީހަކު ތިމާގެ ގާތުގައި ނެތަސް، ނުވަތަ ސަމާލުކަމެއް ނުދިނަސް، އަމިއްލައަކަށް އުފާވާނެ ކަންކަން ކޮށްލުން ރަނގަޅު ވާނެއެވެ. އެކިއެކި ކަންކަން ކޮށްލާ، އެކި ހުނަރުތައް ދަސްކޮށް ޢާލާ ކުރުމަކީ ވެސް އެފަދައިން ކުރެވިދާނެ ނުހަނު ބޭނުންތެރި ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!