ޚަބަރު

އާދަމް ޝަރީފްގެ ރައްދު ރައީސް ނަޝީދަށް: ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިން

  • ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާލުވުމަށް މަޑުއްވަރީދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްދު ދެއްވައިފިއެވެ.
އާއިޝަތު އަލީނާ ، ދެން އޮންލައިން
މެމްބަރު އާދަމް ޝަރީފް މަޖިލީހުގައި ޥާހަަކަދައްކަވަނީ: ފޮޓޯ މަޖިލިސް އިދާރާ

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދިވެހިންގެ މިނިވަންކަން ދަމަހައްޓާނީ ދިވެހިން ކަމަށާއި، އިންޑިއާއާ މެދު ރައްޔިތުންގެ ހިތުގައި ވަހުމުތައް އުފެދެން ފަށާފައި ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅެމުން އަންނަ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި އިންޑިއާއާ މެދު އުފެދިފައިވާ ވަހުމުތައް ފިލުވައިދީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށް، "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ. އިންޑިއާ އާއި ދެކޮޅު ކެންޕެއިން ސޯޝަލް މީޑީއާގައި ފޯރިގަދަވެފައި ވާއިރު އިންޑިއާ އާއި އެއްކޮޅަށް ވެސް ގިނަ ބަޔަކު ދަނީ ޓްވީޓް ކުރަމުންނެވެ. އަދި ބައެއް ވަޒީރުން ވެސް ގެންދަވަނީ އިންޑިއާ ދިފާއުކޮށް ޓްވީޓް ކުރައްވަމުންނެވެ. މީގެ ތެރޭގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ހިމެނި ވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!