ޚަބަރު

''އިންޑިއާ އައުޓް" އަރަތަކަށްވަނީ ބުއްދީގައި ތެތްކަމެއް ނެތް ،ދުނިޔޭގެ ދަހިވެތިކަމަށްޓަކައި ކޮންމެ ގޮތެއް ވަރިހަމަ މީހުންނަށް: ޝައިޚް ނިޝާން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
އިންޑިއާގެ ސިފައިން މިގައުމުގައި ތިބެން ދެކޮޅު ހަދާ ކުރިއަށް ގެންދާ މީސްމީޑިއާ ކެމްޕެއިން "އިންޑިއާ އައުޓަކީ" އަރަތެއް ކަމަށް ބުނާ ފަރާތްތަކަށް ޝައިޚް އާދަމް ނިޝާން ރައްދު ދެއްވައިފިއެވެ.
''އިންޑިއާ އައުޓަކީ" އަރަތެއް ކަމަށް ބުނާ މީހުންގެ ދައުވާއަކީ އިންޑިއާ މީހުން ވަޒީފާ އަދާ ކުރަން " އޯކޭ" ކަމަށާއި އަދި އެގައުމުގެ އެހީއާއި އެގައުމުން ބޭސް ފަރުވާ ކުރަން ވެސް "އޯކޭ" އިރު "އިންޑިއާ އައުޓް" އޭ ބުނުމަކީ އަރަތެއް ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ނިޝާން ވިދާޅުވީ އެކަން އަރަތަކަށް ވާނީ، ބުއްދީގައި ތެތްކަމެއް ނެތް ވިސްނުން ކޮށި، ދުނިޔެވީ ދަހިވެތިކަމަށް ޓަކައި ކޮންމެ ގޮތެއް ވަރިހަމަ މީހުންނަށް ކަމަށެވެ.
"މި އަރަތަކަށް ވާނީ، ބުއްދީގައި ތެތްކަމެއް ނެތް ވިސްނުންކޮށި، ދުނިޔެވީ ދަހިވެތިކަމަށްޓަކައި ކޮންމެ ގޮތެއް ވަރިހަމަ، މިތަނުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް އަޅައި އެމީހުން ޤާއިމްވެ ތިބެ މިތަން އަޅުވެތިކަމުގެ ދަށަށް ދާން ރުހޭ މީހުންނަށް" ނިޝާން ވިދާޅުވެފައި ވެއެވެ.
ނިޝާން ވިދާޅުވީ އިންޑިއާ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަނީ ހިލޭ ސާބަހަށް ނޫން ކަމަށާއި އަދި ކާބޯ ތަކެއްޗާއި ބޭސް ވެސް ގެންނަނީ ބޮޑު އަގު ދީފައި ކަމަށާއި އެއިން ކޮންމެ ކަމެއްގައި ވެސް ބޮޑަށް ފައިދާ އޮތީ އިންޑިއާއަށް ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ހިލޭ ކޮށްދިނަސް އެއީ މިރާއްޖޭގައި އެމީހުންގެ މިލިޓަރީ ބޭސް ހަދައިގެން ބަނޑަހަ ޖަހައިގެން ތިބުމަށް ދެއްކެން އޮތް އުޒުރެއް ނޫން ކަމަށް ނިޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިޝާން ވިދާޅުވީ އިންޑިއާ ރައްޔިތުން މިތަނުގައި ވަޒީފާ އަދާކުރާތީ ދިވެހިން ރުޅިއައިސްގެން ނުވަތަ ބިރަކުން ނޫޅޭ ކަމަށެވެ.

YES #IndiaOutމި އަރަތަކަށް ވާނީ، ބުއްދީގައި ތެތްކަމެއް ނެތް ވިސްނުންކޮށި، ދުނިޔެވީ ދަހިވެތިކަމަށްޓަކައި ކޮންމެ ގޮތެއް...

Ads by STELCO

Posted by Sheikh Adam Nishan bin Ali Adam Al-Maaldheefee on Wednesday, 2 September 2020

"އިންޑިއާ އައުޓް" މީސް މީޑިއާގައި ފޯރި ގަދަ ވެފައިވާއިރު ، ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ދަނީ އެ ކެމްޕޭނާ ދެކޮޅަށް ޝުޢޫރު ފާޅު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!