ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 141 މީހުން
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 141 މީހުންނެވެ.
އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެގެ އިރުއޮއްސި 18:00 ން މިއަދު ގެ އިރުއޮއްސި 18:00 އާއި ހަމައަށް 141 މީހުން ރާއްޖެއިން މިބައްޔަށް ފައްސި ވެފައިވާއިރު އޭގެ ތެރޭގައި 98 ދިވެހީންނާއި 43 ބިދޭސީން ހިމެނޭ ކަމަށެވެ.
އޭގެތެރެއިން މާލެ ސަރަޙައްދުން 134 މީހުން ފައްސި ވެފައިވާއިރު އަތޮޅުތެރެއިން ފައްސިވީ 7 މީހެކެވެ.
މިއަދަދާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 8،281 އަށް އަރާފައެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި މިބައްޔަށް ފަރުވާ ހޯދާ 1،304 މީހުން ތިބިއިރު، ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދަނީ 157 މީހެކެވެ.
މިހާތަނަށް ބަލާއިރު ރާއްޖެއިން މި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 5،483 މީހުންނެވެ. އަދި 29 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ހުންނަނީ 100 އަށްވުރެ މަތީގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް އެތައް އިރުޝާދުތަކެއް ދެއްވަމުންނެވެ. އެގޮތުން، ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަދި ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭ އިން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.