ޚަބަރު

ހެލިކޮޕްޓަރު ޓްރެނިންގއަށް ހޭދަވާނީ 45 ދުވަސް، ހެލިކޮޕްޓަރ ދިވެހިނަށް ދުއްވޭނެ - ކެޕްޓަން އަމީން

އާއިޝަތު އަލީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޕައިލެޓުންނަށް ހެލިކޮޕްޓަރެއް ނުދުއްވޭނެކަމަށް ދައްކަން އުޅުމަކީ އެފަރާތްތަކަށް ކުރެވޭ މަލާމާތެއްކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ކެޕްޓަން އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަށް ހެލިކޮޕްޓަރު ނުދުއްވޭނެ ކަމަށް ބަޔަކު ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހެލިކޮޕްޓަރު ދުއްވުމަކީ އެބުނާހާ "ސްޕެޝަލް" ކަމެއް ނޫން ކަމަށެވެ.

އަދި ހެލިކޮޕްޓަރު ތަމްރީން ހެދުމަށް ބޭނުންވާނީ 45 ދުވަސް ކަމަށާއި ކޯހަށް ޚަރަދުވާނީ 8،000 އާއި 10،000 ޑޮލަރާއި ދެމެދުގެ އަދަދެއް ކަމަށެވެ. އަދި މިކަމަށް އިންވެސްޓް ކުރަން އަމީން ވަނީ ގޮވާލައްފާއެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވާ ބެލެހެއްޓުމަށް އިންޑިއާގެ ފަރާތްތަކުން ތިބޭ މައްސަލައިގައި ގިނަބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން އެ މަސައްކަތަކީ ދިވެހިންނަށް ވެސް ކުރެވިދާނެފަދަ ކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ ބައެއް އެކްޓިވިސްޓުން، މިކަމަކީ ދިވެހިނަށް ނުކުރެވޭނެ ކަމެއް ކަމަށް ދައްކަން މީސްމީޑިޔާގައި ދަނީ ޚިޔާލުފާޅު ކުރަމުންނެވެ.

Ads by Ooredoo
  1. މިއަދު ކޮވިޑްގެ ނުރައްކާތެރި ވަގުތުގައި ބަލި މީހުން އުފުލަން ބޭނުންކުރަނީ އެއަރ ޓެކްސީކަމަށްވާއިރު ކޮންމެހެން އެބޭނުމުގައި ރާއްޖެއަށް އިންޑިޔާގެ ހެލްކޮޕްޓަރެއް ބޭއްވުމުގެ ބޭނުމެއްނެތް. ސަރޗް ރެސްކިއުށްވެސް އެއަރ ޓެކްސީގެ ބޭނުންކުރެވޭ. ދިވެހިންނަކީ ްހެލްކޮލްޓަރެއް ނުގަނެވޭ ވަރުގެ ބައެއްނޫން. ތިކަމަށްވެސް ރައްޔިތުން އަތުން އެހީ ހޯދަން ބޭނުންނަމަ ރައްޔިތުން މިތިބީ ހެލްކޮޕްޓަރެއް އަދި ްޑޯނިޔާ ްމަތިްންދާ ްބޯޓެއްވެސް ްގަންނަން ބޭނުންވާ ފައިސާ އެއްކުރުމަށް ތައްޔާރަށް. އިންޑިޔާގެ އަސްކަރީ އުޅަނދުތަކާއި ސިފައިން ބޭރުކުރުމަށް ގޮވާލަން.

  2. ކަނބުލޮ

    އެކަމަކުވެސް އިންޑިއާ ފޯރސް މިތާ ތހިބޭކަށް ނުޖެހޭ!