ޚަބަރު އިޖުތިމާޢީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަނެއްކާވެސް މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަނެއްކާވެސް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހޯދަމުން ދަނީ ޢަބްދުﷲ ނިޔާޒް / ގ. މުޖުމަރާގެ (51އ) އެވެ.

ފުލުހުން ބުނީ އޭނާ ހާޒިރުވާން ޖެހޭނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 28 ވަނަ ދުވަހުގެ 14:00 އަށް ކަމަށެވެ.

މިހަފްތާގެ ތެރޭގައި މިފަދަ މައްސަލައެއްގައި ފުލުހުން ވަނީ އިތުރު މީހަކު ހޯދަންވެސް އިއުލާން ކޮށްފަ އެވެ. މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވާތީ ފުލުހުން ދަނީ އާންމުން ސަމާލުވާން އިލްތިމާސް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!