އިތުރު ހަތް ގައުމަކުން ފަލަސްތީނު ބަލައިގެންފި، ދިވެހި ސަރުކާރުގެ މަރުހަބާ

ދުނިޔޭގެ އިތުރު ހަތް ގައުމަކުން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން އެނިންމުމަށް މަރުހަބާ ކިޔައިިފި އެވެ.
ޔޫރަޕުގެ ތިން ގައުމު ކަމަށްވާ ނޯވޭ، ސްޕެއިން އަދި އަޔަލޭންޑުން ވަނީ މިމަހުގެ 28 ގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަން އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމޭއިކާ އަދި ބާބޭޑޯސްއިންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ވަނީ ނިންމައިފަ އެވެ. މިނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެގައުމުތަކަށް މަރުހަބާ ކިޔައިފަ އެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނީ ފަލަސްތީނަށް ލިބިގެންވާ ހައްގުތަކާ އެއްގޮތަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތަށް ތާއީދުކޮށް، ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އުއްމީދު ކުރާކަމަށެވެ.
އިޒްރާއީލުން ފަލަސްތީނާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުންވެސް ދަނީ އިޒްރާއީލާއި ދެކޮޅަށް ތެދުވަމުންނެވެ. އެގޮތުން ފަލަސްތީނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުމަށް ޔޫރަޕުގެ ގައުމުތަކުންވެސް ދަނީ ގޮވައިލަމުންނެވެ.
އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ހަތް ގައުމަކުން ފަލަސްތީނު ބަލައިގަތުމުން ރާއްޖޭން މަރުހަބާ ކިޔާއިރު ރާއްޖޭން މަސައްކަތް ކޮށްގެން ސައުދީއެރެބިޔާ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަން ބާރު ނާޅަނީ ކިއެއްވެތޭ ރާއްޖޭން އިނގޭ އެއްޗަކީ ސައުދީން އުފައްދާ ތެޔޮ ވިއްކުން ޔޫއެސް ޑޮލަރުން އެކަނި ކަން އޮތް އޮތުން ނިމުމަކަށް ގެނެސް ސައުދީން ތެޔޮ ދުނިޔެ އަށް މަދުވެގެން ތިން ކަރަންސީ އަކުން ވިއްކާނެ ކަމަށް އިއުލާން ކޮށްބަލަ ވަގުތުން އެމެރިކާ އިން ހަތިޔާރު އިޒްރޭލަށް ފޯރުކޮށް ދިނުން ހުއްޓި އެމެރިކާ ބަނޑަށް ޖެހޭނެއޭ…