Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް "ހިޔާ ޕާރކް"

ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް "ހިޔާ ޕާރކް"

އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ވަޒަންވެރިވާނެތީ އެފަރާތްތަކަށް ހާއްސަކޮށްގެން ހިޔާ ފުލެޓްގެ ޓަވަރު އެޗް 5އާއި ޓަވަރު އެޗް 15އާ ދެމެދު ޕާކެއް ތަރައްގީ ކުުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

ހިޔާ ފުލެޓުގައި މީހުން އާބާދުވާން ފަށާފައިވާއިރު އެފަރާތްތަކުން ހިތްހަމަޖައްސައިލާން ޚާއްސަ ޕާކެއް ތަރައްގީ ކުރުމަށް އެޗްޑީސީން ނިންމައި އެސަހައްދު ފެހިކުރުމުގެ މަސައްކަތް މިހާރު ކުރަން ފަށައިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ހިޔާ ފުލެޓްގެ ޓަވަރު އެޗް 5އާއި ޓަވަރު އެޗް 15އާ ދެމެދުގައި އޮންނަ ހުސް ބިމުގައި ޕާކެއް ތަރައްގީ ކުރާއިރު މިޕާކުގެ ސައްކަތް ނިމޭއިރު ތަފާތު އެކި ވައްތަރުގެ ގަސް އެ ޕާކުގައި ހުންނާނެ އެވެ. އަދި ޕްލާޒާއަކާއި ޕްލެޓްފޯމްތަކެއްގެ އިތުރުން އައުޓްޑޯ ޖިމެއް ވެސް އެތަނުގައި ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

Advertisement
Ooredoo — Truecaller (box)

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި ޒަރޫރީ ބޭނުންތައް ވެސް ފުއްދޭނެ ގޮތެއް ނެތް ނަމަވެސް މިހާރު ވެސް ހިޔާ ފުލެޓްތަކަށް މީހުން ވަނީ ބަދަލުވާން ފަށައިފައެވެ. އެހެން ނަމަވެސް އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް އެޗްޑީސީއިން މިހާރު ދަނީ ކުރައްވަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް އެޅުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި މި ފުލެޓުތަކަށް ބަދަލުވާ ކުދިންނަށް ސުކޫލަށް ދެވޭނެ ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބަހުގެ ހިދުމަތް ފެއްޓުމުގެ މަސައްކަތް ވެސް އެޗްޑީސީން ގެންދަނީ ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް