Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ސްޓެލްކޯގެ ޚިދުމަތަށް އެދެވޭނެ ފަސޭހަ ގޮތެއް ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް!

ސްޓެލްކޯގެ ޚިދުމަތަށް އެދެވޭނެ ފަސޭހަ ގޮތެއް ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވާން ފަށައިފައިވާ ހިޔާ ފުލެޓްތަކުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކަނެކްޝަނަށް އެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޝަންގެ ހިދުމަތަށް އެދެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސަވައިދެއްވައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެކިއެކި ސަބަބުތަކަކާ ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް މިލިންކު ބޭނުން ކުރައްވައިގެން ކަނެކްޝަނަށް އެދިލެއްވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

"ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިކުންފުނީގެ ހިދުމަތައް ރަޖިސްޓަރކުރުމަށް ފަހު، އެކި ސަބަބުތަކާ ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ކަނެކްޝަނަށް އެދިލެއްވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި! https://stelco.com.mv/hiyaa-connection-request" ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/stelcomaldives/status/1443158625413783555?s=21

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި ޒަރޫރީ ބޭނުންތައް ވެސް ފުއްދޭނެ ގޮތެއް ނެތް ނަމަވެސް މިހާރު ވެސް ހިޔާ ފުލެޓްތަކަށް މީހުން ވަނީ ބަދަލުވާން ފަށައިފައެވެ. އެހެން ނަމަވެސް އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް އެޗްޑީސީއިން މިހާރު ދަނީ ކުރައްވަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް އެޅުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި މި ފުލެޓުތަކަށް ބަދަލުވާ ކުދިންނަށް ސުކޫލަށް ދެވޭނެ ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބަހުގެ ހިދުމަތް ފެއްޓުމުގެ މަސައްކަތް ވެސް އެޗްޑީސީން ގެންދަނީ ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް