ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ދެނެގަތުމުގެ ސާވޭ ފަށައިފި

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުނ،ް ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭ އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ، "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް" (ސެއިލްސް) ގެ ދަށުނ،ް މިއަދުން ފެށިގެން ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭ އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާތީ ވަޒީފާދޭ ފަރާތްތަކާއި މީހުން ބިނާކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އަންގާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭ ކުރުމުގެ އަމަލީ މަސައްކަތް ކުރާނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކުން ކަމަށެވެ. އެ މަސައްކަތ،ް އާންމު ފަރާތަކާއި ހަވާލުކުރި މައިގަނޑު ސަބަބަކީ އެއްކުރެވޭ ޑޭޓާގެ އިންޓެގްރީ ހިފެހެއްޓުމަށާއ،ި ސާވޭގެ ނަތީޖާއަކީ ނުފޫޒުން މިންޖުކުރެވިފައިވާ އެއްޗެއްކަން ކަށަވަރު ކުރުމަށާއ،ި ކަމުގެ މާހިރުން މެދުވެރިކޮށް އިތުބާރުހިފޭނެ މައުލޫމާތު އެއްކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ހޯދުންތަކުގެ އަލީގައ،ި ތަމްރީނުދޭ އިދާރާތަކާއި އިންސްޓިޓިއުޓްތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއ،ި ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ ރާއްޖޭއަށް ބޭނުންވާ އިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށް ދިނިދުމުގެ މަގުޗާޓެއް އެކުލަވާލަން މިނިސްޓްރީން ނިންމާފައިވެ އެވެ.
އެހެންވެ ރާއްޖޭގެ ވަޒީފާ އަދާކުރާ އުމުރުގެ ފަރާތްތަކާއި މަސައްކަތްތެރިންނާއ،ި ވަޒީފާދޭ ފަރާތްތަކާއ،ި މަތީ
ތަޢުލީމާއި ހުނަރު ދަސްކޮށްދޭ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން އެ ސާވޭއަށް މުހިންމުވާތ،ީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ސާވެޔަރުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.