ޚަބަރު އިޖުތިމާޢީ

ފުވައްމުލަކުގައި ޑައިވިނަށް ދިޔަ މީހަކު މަރުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފަތުރުވެރިންތަކެއް ޑައިވިނަށް ގޮސް ހަރަކާތްތެރިވަނީ

ފުވައްމުލައް ސިޓީގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

Ads by Hajj Corporation

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ޗައިނާއަސް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެމީހާ ޑައިވިނަށް ގޮސްފައި މައްޗަށް އެރި ފަހުން ވަރަށް ބޮޑަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ.

މިމައްސަލައިގައި ފުލުހުން ބުނީ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމައި ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިންކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ހަވާލާ ދެއެވެ.

މަރުވި ޗައިނާ ފަތުރުވެރިޔާގެ އުމުރަކީ 70 އަހަރެވެ.

މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!