ޚަބަރު އިޖުތިމާޢީ

ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާ ފަޔާ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެވެއާނެސް ސެޝަންގެ ބައިވެރިން - ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޮދަން އޭރިއާ ކޮމާންޑުން ށ. ގޮއިދޫގައި މެރިޓައިމް ސޭފްޓީ އަދި ފަޔާ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި އެވެ.

Ads by Sosun Fihaara

މިއަދު ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށުގެ 41 ފަރާތެއް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އޭގެ ތެރޭގައި، އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ހިމެނެ އެވެ.

އެމްއެންޑީއެފްއިން ބުނީ މި އެވެއާނެސް ކުލާހުގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ވެސް ސެޝަންގެ ބައިވެރިންނަށް ކިޔާދެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެއިތުރުން މެރިޓައިމް ސޭފްޓީ ކުލާހުގައި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުމާއި އެފަދަ ހާދިސާތައް ދިމާވަން މެދުވެރިވާ ސަބަބުތަކާއި ކަނޑުމަތީގައި ސަމާލުވާންވީ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ވެސް އެ ސެޝަންގައި ދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި ކުލާސްތަކުގައި މައުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންނާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސެއިލަރުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!