Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އީދު ބަންދުގައި ރާއްޖެއަށް މޫސުން އަލިވާނެ

އީދު ބަންދުގައި ރާއްޖެއަށް މޫސުން އަލިވާނެ

އަންނަ އާދިއްތަ ދުވަހު ފެށޭ އަޟްހާ އީދާއި ޖެހިގެން އަންނަ ހަތަރު ދުވަހުވެސް ރާއްޖޭގެ ރަށްތަކަށް މޫސުން އަލިވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފި އެވެ.

އީދު ބަންދުގެ ފަސް ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ބުނެ އެވެ. އެހެންނަމަވެސް ދުވަހުގެ ބޮޑު ބައިގައި މޫސުން އަލިވާނެކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

އެގޮތުން ކުރިއަށް އޮތް ފަސް ދުވަހު ވައި ޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގަ އެވެ.

Advertisement
Allied — Dhen Online (box)

ވައި އާދައިގެ ވަރަކަށް ގަދަވާނެތީ ކަނޑުތައްވެސް ކޮންމެވެސް ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށް މެޓުން ބުނެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވިނަމަވެސް ކަނޑު ދަތުރު ނުކުރެވޭވަރަށް ގަދަ ނުވާނެކަމަށް މެޓުން ބުނެ އެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުވެސް މާލެއިން ރާއްޖޭގެ އެކި ރަށްރަށަށް ކަނޑު ދަތުރުތައް ކުރަން ވަނީ ތާވަލުކޮށްފަ އެވެ.

އަޟްހާ އީދަށް އާންމުކޮށްވެސް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުންގެ އަދަދު ގިނަ އެވެ. މިފަހަރުގެ އީދު ވަރަށް ގިނަ ރަށްރަށުގައި ކުލަ ގަދަކޮށް ފާހަގަކުރަން ވަނީ ރާވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް