ބޮލީވުޑް މުނިފޫހިފިލުވުން

އެތައް ކިލޯއެއް ލުއިކޮށްލައި ވިދިޔާ މުޅިން ހިއްކާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ވިދިޔާ ބާލާން

ބަތަލާ ވިދިޔާ ބާލާން އަކީ ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރި އެވެ. މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އޭނާގެ ގިނަ މަސައްކަތްތައް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އެންމެ ހާއްސަ ވަނީ މަޝްހޫރު ފިރިހެން އެކްޓަރަކާއި ނުލައި ފިލްމުގެ ކާމިޔާބީ ހޯދުމަށެވެ.

Ads by Sosun Fihaara

2003 ވަނަ އަހަރު ބޮލީވުޑަށް ނިކުތްއިރު ވިދިޔާ އޭނާގެ ހަށިގަނޑު ރީތި ބައްޓަމެއްގައި، ބަރުދަން ލުއިކޮށް ދަމަހައްޓަމުން އައެވެ. އެހެންނަމަވެސް މަދު އަހަރުތަކެއް ފަހުން ބަރުދަން އިތުރުވެ ވިދިޔާ ފެނުނީ އެހެން ބަތަލާއިންގެ ސައިޒަށްވުރެއް ބޮޑުކޮށެވެ. މީގެ ސަބަބުން އާންމުންގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.

ވިދިޔާގެ ބަރުދަން އިތުރުވުމުގެ ސަބަބުން ލޯބީގެ މާސީ ފިލްމުތަކުން ބަތަލާގެ ރޯލުން އޭނާ ނުފެނުނެވެ. އެހެންނަމަވެސް އޭނާ ކުޅުނު ފިލްމުތައް ދިޔައީ ކާމިޔާބީ ހޯދަމުންނެވެ.

މިހާރު ސިނަމާގައި ރިލީޒް ކުރަން ތައްޔާރުވެފައިވާ ފިލްމު "ޗަންދޫ ޗެމްޕިއަން" ގެ ސްޕެޝަލް ސްކްރީނިން އިން ވިދިޔާ ފެނުނީ މުޅިން ތަފާތުކޮށެވެ. ކުއްލިއަކަށް ވިދިޔާ ވަނީ އެތައް ކިލޯއެއް ލުއިކޮށްލައިފަ އެވެ. ކަޅު ކުލައިގެ ވަރަށް އާދައިގެ ހެދުމެއް ވިދިޔާ ލައިގެން ހުރިއިރު އޭނާގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލު ސާފުކޮށް ފެންނަން ހުއްޓެވެ.

ސޯޝަލް މީޑިއާގައި ވިދިޔާގެ ހަށިގަނޑަށް އައި ބަދަލަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އުމުރުން 45 އަހަރުގައި ހަށިގަނޑު ރީތި ބައްޓަމެއްގައި ހިފެހެއްޓީތީ އާންމުންނަށް ވިދިޔާ ވަރަށް ކަމުދިޔަ އެވެ.

ބެލެވޭ ގޮތުގައި ވިދިޔާ މިހާ ބޮޑަށް ހިއްކާލާފައިވަނީ "ބޫލު ބުލައްޔާ 3" ގެ ޝޫޓިންއަށެވެ. އެފިލްމުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު އެފިލްމު ރިލީޒް ކުރާނީ އަންނަ ނޮވެމްބަރު މަހު އެވެ. ވިދިޔާ ދެން އެންމެ އަވަހަށް ފެންނާނީވެސް މި ފިލްމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!