Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

ލުކަކޫއަށް ބަދުނަސީބު ރެޔެއް، ޖެހި ދެ ގޯލު ވެސް ގަބޫލުނުރުމުން ބެލްޖިއަމްވީ ބަލި

ލުކަކޫއަށް ބަދުނަސީބު ރެޔެއް،  ޖެހި ދެ ގޯލު ވެސް ގަބޫލުނުރުމުން ބެލްޖިއަމްވީ ބަލި

ޔޫރޯ 2024 ގައި ސޮލަވާކިއާ އަތުން ގަދަފަދަ ބެލްޖިއަމް ބަލިވެއްޖެއެވެ.

މިއީ ތާރީހުގައި ވެސް ފުޓުބޯޅަ މެޗެއްގަައި ބެލްޖިއަމްގެ މައްޗަށް ސޮލަވާކިއާ ކުރިހޯދި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ޔޫރޯއާ ބެލްޖިއަމް ކުރިމަތިލީ އެކުވެރިކަމުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެނެވެ.

މިރޭގެ މެޗުގައި ބެލްޖިއަމްގެ ތަރި ރޮމެލޫ ލުކާކޫއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އަމަދޫ އޮނާނާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ލުކާކޫ ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ލުކަކޫ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް މެޗުގެ ރެފްރީ ވަނީ ނިންމައިފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މެޗުގެ 86 ވަނަ މިނެޓުގައި ވެސް ލުކަކޫ ވަނީ ގޯލެއްޖަހައިފައެވެ. އެއީ ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. ނަމަވެސް ވީއޭއާރު  ބެލުމަށް ފަހު ރެފްރީ މިފަހަރު ނިންމީ އޮޕެންޑާ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.

މެޗުގައި ސްލޮވާކިއާއިން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ މެޗުގެ ހަތް ވަނަ މިނެޓުގައެވެ. އެ ގޯލަކީ  ބެލްޖިއަމްގެ ޖެރެމީ ޑޮކޫ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސްލޮވާކިއާގެ ޖޫރަޖް ކުޗްކާ ޖެހި ބޯޅަ ބެލްޖިއަމްގެ ކީޕަރު، ކޮއެން ކަސްޓީލްސް މަތަކުރުމުން، ރީބައުންސް ބޯޅަ، އިވާން ޝްރަންޒް ކާމިޔާބުކުރި ގޯލެކެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް