އަލްޙަމްދުލިﷲ،އައިސީޔޫގައި ފަރުވާދޭ ތުއްތު ކުއްޖާގެ ޙާލު ރަނގަޅު

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައި.ސީ.ޔޫ ގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ ދ.ކުޑަހުވަދޫގެ އެއްމަހުގެ ތުއްތު ކުއްޖާގެ ޙާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ އައިސީޔޫގައި ބާއްވައިގެން އެކުއްޖާއަށް ފަރުވާ ދެމުންދަނީ ބަލިހާލަތު ސީރިއަސް ވެގެން ނޫން ކަމަށާއި ނަމަވެސް ތުއްތު ކުއްޖަކަށް ވާތީ ކަމަށެވެ.
ކުޑަހުވަދޫން މި ކުއްޖާގެ މަންމައާއި ބައްޕަ ވެސް ކޮވިޑަށް ފައްސިވެފައިވެއެވެ. ނަމަވެސް އެ ދެމަފިރިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ހޯމް ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.