Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގައި މަޑުކުރައްވާނީ ތިން ދުވަހަށެވެ. މެއި މަހު ދިން ހަމަލާއަށް ފަހު، ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަތީ 5 މަސް ފަހުންނެވެ.

Advertisement
Ooredoo — Square (box)

https://twitter.com/mdpsecretariat/status/1447506490642763778?s=21

ރައީސް ނަޝީދު މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ދަތުރު ލަސްކުރައްވައިފައި ވަނީ ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ކަމަށް އެމަނިކުފާނު ވަނީ ފަހުން ވިދާޅުވެފައެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް