އިންޑިގޯއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

އިންޑިއާގެ ބަޖެޓު އެއަރ ލައިނެއް ކަމަށްވާ އިންޑިގޯ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިގޯގެ ފުލައިޓު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް(ވީއައިއޭ)އަށް ޖެއްސުމާއި އެކު، ވީއައިއޭ އިން ވަނީ އެ ފުލައިޓަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި އަދި އާދިއްތަ ދުވަހު އިންޑިގޯގެ ފުލައިޓެއް ރާއްޖެއަށް ޖައްސާނެ އެވެ. މި ދަތުރު ކުރަމުން ގެންދާނީ ކޮޗިން އިން ވީއައިއޭ އަށެވެ.
މީގެ އިތުރުން އެއަރ އިންޑިއާއިން ވަނީ ޓްރިވެންޑްރަމުން ރާއްޖެއަށް ކޮންމެ ހަފްތާއަކު ދަތުރެއް ކުރާ ގޮތަށް ހަމަޖެހިފައެވެ. އަދި މޯލްޑިވިއަނުން ވަނީ މި މަހު 10 ގައި ޓްރިވެންޑްރަމް ދަތުރުތައް ފެށުމަށް ރާވާފައެވެ.