ޚަބަރު

މާބަނޑު މީހަކު ވިހަން ބަނޑުގައި ރިއްސަނީ، ކަރަންޓީނުގައި އިނުމުން ހޮސްޕިޓަލަށް ދާން ހުއްދައެއް ނުދިން!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފ.ބިލެތްދޫ ހޯމް ކަރަންޓީންގައި ހުރި މާބަނޑު މީހަކު ބަނޑުގައި ރިއްސާތީވެ، ވިހެއުމަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ނުދިނުމުން ނުފުރި ބަނދަރު މަތީގައި މަޑުކުރަން ޖެހިއްޖެއެވެ.

Ads by STELCO

ނިލަންދުއަށް މާބަނޑު މީހާ ގެންދަން ހުއްދަ ނުލިބިގެން އުޅެނީ މާބަނޑު މީހަކީ މާލެ އިން ރަށަށް ގޮސް ކަރަންޓީންގައި ހުރި މީހަކަށް ވުމުން ކަމަށާއި މާބަނޑު މީހާ ލ.ގަމަށް ގެންދިއުމަށް ނިލަންދޫ ހޮސްޕިޓަލުން އަންގާފައިވާ ކަމަށް ބިލެތްދޫ ކައުންސިލާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މާބަނޑު މީހާގެ ކަރަންޓީނުގެ މުއްދަތު މާދަމާ ހަމަވާއިރު،  މިއަދު ހެނދުނު 06:30 ހާއިރުން ފެށިގެން އޭނާ ބަނޑުގައި ރިއްސާތީ އޮތީ ބިލެތްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައެވެ. ނަމަވެސް ބިލެތްދޫ ސިއްހީ މަރުކަޒުގައި ހުރީ އާންމު ބަލީގެ ޑޮކްޓަރެއް ކަމުން ފަރުވާ ދެވޭ ގޮތް ވަނީ ނުވެފައެވެ.

މި ކަމާ ގުޅިގެން ބިލެތްދޫގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން  މިފަދަ މޫސުމެއްގައި ނިލަންދޫ ހޮސްޕިޓަލު ފަދަ ވަސީލަތްތައް ގާއިމްވެފައި ހުރި ހޮސްޕިޓަލަކުން މިފަދައިން ކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!