ޚަބަރު ލައިފްސްޓައިލް

‎ތިމާ އަށް މީހަކުދެކެ ލޯބިވެވިއްޖެކަން ދެނެގަންނާނީ ކިހިނެއް؟

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ލޯތްބަކީ ފުރަތަމަ ނަޒަރުން ވެވިދާނެ އެއްޗެއްކަމަށް ވަރަށް ގިނަ މީހުން ޤަބޫލު ކުރެެއެވެ. ހަމަ އެއާއި އެކު ފުރަތަމަ ނަޒަރުން ލޯބި ވެވުމަކީ ހަމަ އެކަނި ފުލޯކު ވާހަކަތަކެއް ކަމަށް ޤަބޫލު ކުރާ މީހުން ވެސް މަދެއް ނޫނެވެ.

Ads by Sosun Fihaara

އެހެން ނަމަވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުން ވެސް ފުރަތަމަ ނަޒަރުން ފެށިފައިވާ ދޮން ހިޔަލަ އާއި އަލިފުޅު ފަދަ ލޯބީގެ ވާހަކަތައް މަދެއް ނޫނެވެ. ވީއިރު، ސުވާލަކީ ލޯބި ވެވިއްޖެކަން ދެނެގަންނާނީ ކިހިނަކުން ތޯއެވެ. އާދޭހެވެ. ލޯބި ވެވިއްޖެކަން ދެނެގަންނާނެ އެތައް ގޮތެއް އެބަ ހުއްޓެވެ.

މީހެއްގެ ސޫރަ ފެނި، ތިބާއަށް އޭނާގެ ޚިޔާލުތަކާއި ދުރު ނުވެވިގެން އުޅެން ޖެހުނު ހެއްޔެވެ؟ ރައްޓެހިންގެ ގާތުގައި އެނޫން ވާހަކައެއް ނޫނީ ނުދެއްކި ދިޔަ ހެއްޔެވެ؟ ތިބާއަށް ނޭނގުނަސް އެއީ ތިބާއަށް މީހެއްދެކެ ލޯބި ވެވިފައި ވާކަމުގެ އިޝާރާތެކެވެ.

އަމިއްލަ އިޚްތިޔާރުން ބޭރުން ތިބާގެ ކައިރީގައި ވަކި މީހަކު ހުރުމުން އުފާވެރިކަން އިޙްސާސް ކުރެވެންޏާ ވެސް ތިބާއަށް ތިހިރީ މީހެއްދެކެ ލޯބި ވެވިފައެވެ. ކަން މިހެން ވާ ނަމަ އެ މީހަކު ލޮލު ކުރިމަތީ ނެތްނަމަ ހިތަށް ފިނިކަމެއް ވެސް ނުލިބޭ ދޯއެވެ؟ އަބަދުއަބަދު ހިތް އެދޭނީ އެ މީހަކަށް ގުޅައިގެން އޮންނާށެވެ. ނުވަތަ އެކަކު އަނެކަކަށް ފެންނަ ހިސާބުގައި ތިބޭށެވެ.

މީހުން ބުނާތީ އަޑު އަހަމެވެ. މީހަކު ދެކެ ލޯބި ވެވުމުން އޭނާގެ އުފާތަކަކީވެސް ތިބާގެ އުފާތައް ކަމުގައި ވެސް ވެއެވެ. އަނެކާގެ ހިތާމަތަކުން އޭނާއަށްވުރެ ތިބާ ދެރަވާ ފަހަރުވެސް އައިސްދާނެއެވެ. އަނެކާއަށް އަނިޔާއެއް ލިބިދާނެތީ ނުުވަތަ ކަމެއްވެދާނެތީ އަބަދުމެ ކަންބޮޑުވެފައި ހުރެވިދާނެއެވެ. ހަބަރެއް ނުވެއްޖެ ނަމަވެސް ހާސްވާ ފަހަރު އައިސްދާނެއެވެ. މި ހުރިހާ ކަންކަމަކާ ދިމާވާނަމަ ހަމަ ރަނގަޅަށްވެސް ތިއޮތީ ލޯބީގެ ދަލުގައި ޖެހިފައިކަން ގައިމެވެ.

ތިބާ އަށް މީހެއް ދެކެ ބޭއިޚްތިޔާރުގައި ލޯބި ވެވިފައިވާ ކަމަށް ޤަބޫލު ކުރަން ހެއްޔެވެ؟ މި ދެންނެވި ފަދަ ކަމެއް ދިމާ ވެގެން އުޅެންޏާ އަވަހަށް އެ މީހަކު ލިބޭތޯ މަސައްކަތް ފަށާށެވެ. ނޫނީ ތެޔޮ ނާށި ކާޅު ޖަހައިގެންފާނެއެވެ.

 

 

 

Ads by Allied Insurance
  1. ަަައައިޝަތު ދީދީ

    މިއީ ހާދަ މާނަ ފުން އެއްޗެކޭ.*ސޭޑު އެމޯޖީ* މި އާޓިކަލް ލިޔުނު ކުއްޖާ ވަރައްވެސް ހުނަރުވެރި*ސްމާރކް އެމޯޖީ*

  2. އަސްލުވެސް ހަމަ ހަގީގަތް…….
    އެހެންނޫނީ ތެޔޮނާށި ކާލު ޖަހަައިގަނެގެން ގެސްފާނެ…