Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ޕޮލިޓެކްނިކްގެ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ޕޮލިޓެކްނިކްގެ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޕޮލިޓެކްނިކްގެ ނޭޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރަފީ ކިޔެވުމުގެ ފުރުސަތު 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާއިރު، މި ކޯހަކީ މުޅިން ހިލޭ ކިޔެވުމަށް ހުޅުވާލާފައިވާ ކޯހެކެވެ.

ހަމަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތަކަކީ އަސާސީ ތައުލީމު ނުވަތަ ގުރޭޑް ހައެއްގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަންނަ މީހަކު ކަމުގައި ވުމެވެ.

Advertisement
Allied Insurance — Square (box)

މި ކޯހުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ ހުރި ފޮޓޯ ނެގުމުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފޮޓޯނެގުމުގެ އާ އުކުޅުތައް ދަސްކޮށްދިނުން ކަމަށް ޕޮލިޓެކްނިކް އިން ބުންޏެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ 14:00 އެވެ. އަދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޕޮލިޓެކްނިކުން 'އެކްސް' ގައި ކޮށްފައިވާ ލިންކް އިން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

https://twitter.com/MVPolytechnic/status/1821402854147641847

ޕޮލިޓެކްނިކް އިން ދަނީ އެކި މުއައްސަސާތަކާ ގުޅިގެން ތަމްރީން ބައިވަރު ހަރަކާތްތައް ހުރިހާ ރަށްތަކާއި، ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކަށްވެސް ހުޅުވާލައިގެން ހިންގަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް