ކުންފުނިތަކަށް ބޮޑު ބަދަލެއް; 3 ޗެއާމަނުންނާއި 10 ކުންފުންޏެއްގެ 16 މެބްރަކު ވަކިކޮށްފި
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ގެނެސްފިއެވެ.
ޕީސީބީން މިއަދު އާއްމުކޮށްފައިވާ ބަދަލުތަކަކީ މިދިޔަ ބުރާސްފަތި ދުވަހު ގެނެސްފައިވާ ބަދަލުތަކެކެވެ.
އެގޮތުން ތިން ކުންފުންޏެއްގެ ޗެއާމަނުންގެ ގޮތުގައި ތިއްބެވި ފަރާތްތައް ވަނީ ވަކިކޮށްފައެވެ. އެއީ, މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ އާއި, ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން އަހްމަދު ޝަހީރު އާއި. އެސްޑީއެފްގެ ޗެއާޕާސަން ޝުހާދު އިބްރާހިމެވެ.
މީގެ އިތުރުން 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވެސް ވަނީ ވަކިކޮށްފަ އެވެ. އެއީ އެޗްޑީއެފްސީގެ ބޯޑުން ދެ މެންބަރަކާއި ޕޯސްޓް ލިމިޑެޓް ބޯޑުން މެންބަރަކާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑުން ތިން މެންބަރަކާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުން މެންބަރަކާއި, ފެނަކަ ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކާއި ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑު މެންބަރަކާއި ޓްރޭޑްނެޓް މޯލްޑިވްސްގެ ބޯޑް މެންބަރަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑުން ތިން މެންބަރެކެވެ.
މީގެ އިތުރުން އެޗްޑީއެފްސީ އާއި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ބޯޑަށް މެންބަރަކު ވެސް ވަނީ އައްޔަނު ކޮށްފައެވެ.