ޚަބަރު

މަޑުއްވަރީ ކައިރީ ފަޅު ރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. މަޑުއްވަރީ ކައިރީ ފަޅު ރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރ. މަޑުއްވަރީ ކައިރީ ފަޅު ރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިފި ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:09 ގައި ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޑިންގީއިން ދަތުރު ކޮށްފައިވަނީ ހަތަރު މީހުންނެވެ. އެމީހުންގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވަނީ މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ލިބޭވަރަކުން ހިއްސާ ކުރައްވާނެ ކަމަށެވެ.

އަޕްޑޭޓް:
ބަންޑުން ޖަހާލި ޑިންގީގައި ތިބި ހަތަރު މީހުން ސަލާމަތް ކޮށްގެން ފުލުހުންގެ އެހީތެރިކަމާއެކު އެމީހުން ވަނީ މަޑުއްވަރީ އަށް ގެންގޮސްފައެވެ.
މިދިޔަ ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދިޔަ ވިއްސާރައާއި ގުޅިގެން ބައެއް ސަރަޙައްދުތަކުގެ ކަނޑުތައް އަދިވެސް ގަދައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!