ޚަބަރު

މާލޭގައި ފެން ރައްކާކުރަން އިތުރު ދެތާނގީ ބަހައްޓަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ " ވޯޓާ ސެކިއުރިޓި ޕްލޭން" ގެ ދަށުން މާލޭގައި ފެން ރައްކާކުރުމަށްޓަކައި އިތުރު ދެ ތާނގި ބެހެއްޓުމުގެ މަޝްރޫޢުއެއް ފަށައިފިއެވެ.

Ads by STELCO

މި ދެ ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރިން އެސްޓީއޯގެ ރެޑީމިކްސް މަސައްކަތްތައް ކުރަމުން އައު މާލޭގެ 378 ނަންބަރު ކޮށީގައި ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ހާމަކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަޤްސަދަކީ އެމްޑަބްލިޔުއެސްސީ ގެ ފެންރައްކާކުރެވޭ މިންވްރު އިތުރުކޮށް، މެދުކެޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމުގައިވެސް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

މިއަދު މި މަސައްކަތް ފައްޓަވާދެއްވާފައި ވަނީ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާޚުއާއި އެ ކުންފުނީގެ މެނޭޖްމެންޓުގެ ބޭފުޅުންނެވެ. އަދި މި މަޝްރޫޢުގެ ދަށުން ބެހެއްޓޭ ދެ ތާނގީގެ އިތުރުން ސާފު ދެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕު ރޫމެއްވެސް ގާއިމު ކުރެވޭނެ ވާހަކަ އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ބެހެއްޓޭ ދެ ތާނގީގެ ތެރެއިން ކޮންމެ ތާނގިއެއްގައިވެސް 13،648 ކިޔުބިކް މީޓަރުގެ ފެން ރައްކާ ކުރެވުމާއިއެކު ދެތާނގީގެ ޖުމުލަ 27،296 ކިޔުބިކްމީޓަރުގެ ފެން ރައްކާކުރެވޭނެ ކަމުގައި ފެން ކުންފުނިން ވަނީ ބުނެފައެވެ. މިމަސައްކަތް ނިމުމުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރެވޭ މިންވަރު ޖުމުލަ 50،296 ކިޔުބިކްމީޓަރަށް އިތުރުވެގެން ދާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ޖުމުލް 82 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢު އަންނަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާ ލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!