Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކާކުރާ ތާނގީއެއް ގާއިމުކުރަނީ

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކާކުރާ ތާނގީއެއް ގާއިމުކުރަނީ

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކާކުރާ ތާނގީއެއް ގާއިމުކުރަން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ މިއީ އެ ކުންފުނީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ގާއިމުކުރާ ތާނގީއެއް ކަމަށެވެ. އެއާއެކު މިއީ ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ތާނގީއަށް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއަދު ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެކަން ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓާރު ޑރ. އަބްދުﷲ މުއްތަލިބު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

Advertisement
Allied — Dhen Online (box)

އެމްޑަބްލިއުއެސްސީން ބުނީ އެ މަސައްކަތަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އެ މަޝްރޫއު 2025ގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ ތާނގީ ބަހައްޓާނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވައިގެން ކަމަށާއި އެއާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް