ބޮލީވުޑް މުނިފޫހިފިލުވުން

ދިޕިކާ ވިހަން އެޑްމިޓު ވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ދިޕިކާ އަދި ފިރިމީހާ ރަންވީރު

ބޮލީވުޑް ބަތަލާ ދިޕިކާ ބަދުކޯން ވިހަން ހޮސްޕިޓަލުގައި އެޑްމިޓު ވެއްޖެ އެވެ.

Ads by Sosun Fihaara

އިންޑިއާ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދިޕިކާ އެޑްމިޓުވާން ހޮސްޕިޓަލަށް ދިޔައީ އިއްޔެ ހަވީރު އެވެ. އޭނާއަށް ޑޮކްޓަރު ދީފައިވާ ތާރީހަކީ މިމަހުގެ 28 ވަނަ ދުވަސް ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ.

ދިޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް އެމީހުންގެ ލަގްޝަރީ ކާރުގައި އެޑްމިޓުވާން ދިޔައިރު އޭނާ ވިހަން ބުކްކޮށްފައިވަނީ އެޗް އެން ރިލަޔަންސް ހޮސްޕިޓަލެވެ. އެޑްމިޓު ވުމުގެ އެއް ދުވަސް ކުރިންވެސް މި ދެމަފިރިން ވަނީ މުމްބާއީގައި ހުންނަ މަޝްހޫރު ފައްޅިއަކުން ފެނިފަ އެވެ.

މިއީ ދިޕިކާ އާއި ރަންވީރުގެ ފުރަތަމަ ދަރިފުޅެވެ. 2015 ވަނަ އަހަރު އެންގޭޖު ކުރި ދިޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރެވެ. މި ދެމީހުން އަލަށް ދިމާވީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ރާމްލީލާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެ ފަހުން ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އޮވެ އެވެ.

ދިޕިކާ ބަނޑުބޮޑުވި ހަބަރު މީޑިއާއަށް ފެންމަތިވުމުން އޭނާ ބަންޑު ބޮޑުކަމަށް ދެއްކެން އުޅެނީކަމަށް ބުނެ ހަބަރުތައް ފެތުރި އެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ބަނޑުގެ ފޮޓޯއެއް އާންމުކޮށް އެހަބަރުތައް ދޮގުކޮށްފަ އެވެ.

އުމުރުން 38 އަހަރުގެ ދިޕިކާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ބަތަލާ އެވެ. އަނެއްކޮޅުން 39 އަހަރުގެ ރަންވީރް އަކީވެސް ބޮލީވުޑްގެ މަގްބޫލު އެކްޓަރެކެވެ. ބަނޑު ބޮޑުވުމުގެ ކުރިން ދިޕިކާ ވަނީ "ސިންގަމް 3" ގެ ޝޫޓިންތައް ނިންމާލައިފަ އެވެ. މިފިލްމު ރިލީޒް ވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެފިލްމުން ރަންވީރުވެސް ފެންނާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!