އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ މަސް ރޭހުގެ އެންމެ މޮޅު މަސްވެރިންނަށް ހައި ފިޝިންއިން އެންމެފަހުގެ ޒަމާނީ ދޮށްޓެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުރީދޫ މަސް ރޭހުގެ އެންމެ މޮޅު މަސްވެރިންނަށް ހައި ފިޝިންއިން އެންމެފަހުގެ ޒަމާނީ ދޮށްޓެއް ވަނީ ހަދިޔާކޮށްފައި / ފޮޓޯ:އުރީދޫ

އުރީދޫ މަސް ރޭހުގެ އެންމެ މޮޅު މަސްވެރިންނަށް ހާއްސަ އިނާމެއްގެ ގޮތުގައި ހައި ފިޝިންއިން އެންމެފަހުގެ ޒަމާނީ ދޮށްޓެއް ދީފި އެވެ.

Ads by Hajj Corporation

ހައި ފިޝިންއަކީ އުރީދޫ މަސް ރޭސް 2024 ގެ ގިފްޓް ޕާޓްނަރެވެ. ކޮންމެ ރޭހެއްގެ އެންމެ މޮޅު އަންހެން އަދި ފިރެހެން ކެޔޮޅަށް ހައި ފިޝިންގެ ފަރާތުން ހާއްސަ އިނާމެއް ހުށަހެޅި އެވެ. އެއީ ޕިއޯ އަލްޓިމޭޓް ސީ ސްޕިރިޓް / ގޭންގްސްޓާ ފިޝިން ރޮޑެކެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް އިތުރަށް ކުލަގަދަކުރުމުގެ ގޮތުން ކުރިއަށް ގެންގޮސްފައި ވަނީ ޅ. ނައިފަރާއި ކ. ހިންމަފުއްޓާ އަދި ގދ. ތިނަދޫގަ އެވެ. މި މުބާރާތްތަކުގައި އެންމެ ބަރު މަސް ބޭނި މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން އަދި ފިރެހެން ކެޔޮޅު ވަނީ ހޮވާފަ އެވެ. އޭގެ އިތުރުން ކޮންމެ މުބާރާތެއްގައި ޗެމްޕިއަން ޓީމާއި ދެ ވަނަ ޓީމާ އަދި ތިން ވަނަ ޓީމް ވެސް ހޮވާފަ އެވެ.

ހައި ފިޝިން ޓެކްލްސްއަކީ އިތުބާރާއި ޔަގީންކަމާ އެކު ރާއްޖޭގައި އެންމެ ޒަމާންވީ މަސްވެރިކަމުގެ ސާމާނު ވިއްކާ ފިހާރައެކެވެ. ހައި ފިޝިންއިން ތިން ފިހާރަ ހިންގަ އެވެ. އެއީ މާލޭގައި ހިންގަމުން އަންނަ ދެ ފިހާރަ އަކާއި ހުޅުމާލޭގައި ހިންގަމުން އަންނަ ފިހާރައަކާ އެވެ. މާލޭގެ އެއް ފިހާރަ އަމީނީ މަގުގައި ހުންނައިރު، ދެވަނަ ފިހާރަ ހުންނަނީ ބާޒާރުމަތީގަ އެވެ. ހުޅުމާލޭގައި ހުންނަ ފިހާރަ ހުންނަނީ ހުޅުމާލެ ނިރޮޅު މަގުގަ އެވެ.

ކައިރި މުސްތަގުބަލެއްގައި ހައި ފިޝިން ޓެކްލްސްއިން އާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފަރާތުން ބުނީ މިއީ މަސްވެރި ކަމަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ. ކަމާ ބެހޭ މައުލޫމާތު ހައި ފިޝިން ޓެކްލްސްގެ ސޯޝަލް މީޑިއާއިން ލިބޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!