ޚަބަރު

ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 އިންސައްތަ މައްޗަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 އިންސައްތަ މައްޗަށް އުފުލިފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ ރިޕޯޓު ދައްކާ ގޮތިގައި މިއީ މިދިޔަ ޖޫން މަހާއި އަޅާ ބަލާއިރުގައި 2.4 އިންސައްތަ އިތުރުވުމެކެވެ. ޖޫން މަހުގެ އިންފްލޭޝަން ރޭޓަށް ބަލާލާއިރުގައި އެމަހުގެ އިންފްލޭޝަން ރޭޓު ހުރީ މައިނަސް 0.41 އިންސައްތައެވެ.

މީގެ އިތުރުން 2019 ވަނަ އަހުރެގެ ޖުލައި މަހާއި އަޅާ ބަލާއިރުގައި މިއަހަރުގެ ޖުލައި މަހުގެ އިންފްލޭޝަން ރޭޓުވަނީ މައިނަސް 1.10 އިންސައްތަ ދަށްވެފައެވެ.

ޖުލައި މަހުގެ ނިޔަލަށް އަގު އުފުލިފައިވާ ބައިތައް

ކަރަންޓު، 66.67 އިންސައްތަ.

- ފެން، 42.86 އިންސައްތަ.

- މުވާސަލާތީ ހިދުމަތްތައް، 6.27 އިންސައްތަ.

- ދުންފަތް، 3.94 އިންސައްތަ.

- ތަރުކާރީ، 1.84 އިންސައްތަ.

- ފަށާ ތައުލީމާއި އިބްތިދާއީ ތައުލީމު، 6.08 އިންސައްތަ.

- ސާނަވީ ތައުލީމު، 5.51 އިންސައްތ..

- ހޮޓާ، ކެފޭ، ރެސްޓޯރެންޓް، 0.18 އިންސައްތަ.

- އިންޓަނެޓް، 0.66 އިންސައްތަ،

- ބިހާއި ކިރު ފަދަ ތަކެތި، 0.19 އިންސައްތަ.

ޖުލައި މަހުގެ ނިޔަލަށް އަގު ދަށްވެފައިވާ ބައިތައް

- މޭވާގެ ބައި، 4.05 އިންސައްތަ.

- މަސް، 0.93 އިންސައްތަ.

- ގޭގެކުލި، 0.22 އިންސައްތަ.

- އެއްގަމު މަސް، 1.07 އިންސައްތަ.

- މުވާސަލާތީ ހިދުމަތްތައް، 12.07 އިންސައްތަ.

- ކާބޯތަކެތީގެ ބައި، 0.61 އިންސައްތަ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު އުފުލިފައިވާއިރު ޑޮލަރުގެ ރޭޓުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާއިރު، މުދަލުގެ އަގު 20-25 އިންސައްތަ އަށް އުފުލިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!