ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ރަޝީދު އައްޔަން ކުރުމުން ހައިލަމް ސުވާލު އުފައްދަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގައި ކުރިން ހުންނެވި ގާޒީ އަލީ ރަޝީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން، އެކަމާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ގާޒީއަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އެވެ. ނަމަވެސް ފަހުން އެމައްސަލަ ހުކުމާއި ގާތްވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑުކޮށް އެމަގާމަށް އަލީ ރަޝީދު އައްޔަން ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އަލީ ރަޝީދު އައްޔަން ކުރެއްވުމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކުރީގެ ރައީސެއްގެ ޝަރީއަތް ކުރެއްވި ފަނޑިޔާރު ނޫން ބޭފުޅަކު ނެތްތޯ" އެވެ.

 

މީގެ އިތުރުން "ހައިކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އެއްވެސް ބަޔަކަށް ނުވި" ކަމަށް ވިދާޅުވެ "ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން ގޯސްކޮށް ވާހަކަ ދެއްކެވި ބޭފުޅުން ކޮބައިތޯ؟" ވެސް ހައިލަމް އައްސަވާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!