Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޓެރިފްގެ ސަބަބުން އީޔޫ މާކެޓަށް މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ރައީސް ހިއްސާކުރައްވައިފި

ޓެރިފްގެ ސަބަބުން އީޔޫ މާކެޓަށް މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ރައީސް ހިއްސާކުރައްވައިފި

ދިވެހިރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާ އެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަން އާ ހިއްސާކުރައްވައިފި އެވެ.

ރައީސް، އުރުސުލާ އާ ބައްދަލުކުރައްވާފައި ވަނީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފަ އެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާ އެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އުރުސުލާ ދެއްކެވި ވާހަކަގައި، އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ސިޔާސަތުތަކަށް ތައުރީފު ކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެވެން ހުރި އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެ އާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައި، ދެ ފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމާލާފައި ވަނީ ދެ ފަރާތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިއަށް އޮތްތަނުގައި އެކުގައި އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދު އާކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް