Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މިފްކޯގެ ބައެއް އުފެއްދުންތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖައްސަނީ

މިފްކޯގެ ބައެއް އުފެއްދުންތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖައްސަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބައެއް އުފެއްދުންތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް، ޖެނެރަލް މެނޭޖަރު މުއާޒު އަލީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެއިން ބިމެއް ލިބި ފެސިލިޓީގާއިމް ވަންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް، ފެލިވަރުގައި މި ހަފްތާގައި ފަށާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރު ފެލިވަރުގައި އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަަލް ކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2 ރީފާ ކޮންޓެއިނަރު އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

"އެއީ 25 މެޓްރިކް ޓަނުގެ ގަނޑުކުރި މަހުގެ ބާވަތްތަކުގެ ސްޓޮކެއް. އޭގެ ސަބަބުން މާލެ ސަރަހައްދުގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މެދުކެނޑުމެއްނެތި އާންމުންނަށް ގަނޑުކުރި ރޯމަހުގެ ބާވަތްތައް ލިބޭނެ" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ އަމާޒަކީ އެކުންފުނީގެ ހީވާގި އިންޖިނިއަރިން ޓީމާއި، ޕްރޮޑަކްޝަން ޓީމުގެ މަސައްކަތުން އަންނަ ހަފްތާ ފެށެން ވާއިރަށް އެ މަސައްކަތް ނިންމާލުން ކަމަށް މުއާޒު ވިދާޅުވި އެވެ.

މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް މީޑިއާތަކަށް ވިދާޅުވީ ކަނޑުއޮތްގިރި ހުސްކުރުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތު އިތުރުކުރީ އަންނަ މަހުގެ 15 ގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން އޮތީ މިމަހުގެ 15 ގެ ކުރިން ތަން ހުސްކުރާ ގޮތަށެވެ.

ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭ ބައެއް މުދާތައް އެތަނުގައި ހުރުމުގެ ސަބަބުން ލޭންޑިން ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭތީ އެމަސައްކަތަށް ލަސްކަމެއް އަތުވެދާނެ ކަމަށް މީގެ ކުރިން މިފްކޯއިން ވަނީ ބުނެފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް