ޚަބަރު

ރާއްޖޭގެ ކުރީގެ ޑެޕިއުޓީ މޭޔަރ ސުޖާއު އަށް ދައުވާ ކުރަން ފޮނުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ސުޖާއުގެ މައްޗަށް ދައުވާކުރަން ފޮނުވީ މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށް ވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
މިމައްސަލައިގައި އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ، ސުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.

އޭސީސީން ބުނީ މާލޭގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި މާލޭގެ ޕްލޭނިންގެ ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ.

ނަމަވެސް އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖަނަވަރީ 2014 މާލޭ ސިޓީކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެ ހުއްދަތަކަކީ ސުޖާޢު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަ ތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!