ދުނިޔެ

ކޮވިޑް19: ގޭގައި ތިބެގެން ޓެސްޓް ކުރެވޭ ކިޓެއް، އޮންލައިންކޮށް ގަނެވޭ ގޮތަށް ބާޒާރަށް ނެރެނީ

ދެން އެމްވީ ، ދެން އޮންލައިން

އިނގިލި ކުރިން ލޭނަގައިގެން އަމިއްލައަށް ގޭގައި ތިބެގެން ކޯވިޑް 19 އަށް ޓެސްޓްކުރެވޭ ޓްސްޓް ކިޓްތަކެއް ވިއްކުމަށް އެމޭޒަން އިން ތައްޔާރުވެއްޖެއެވެ.

Ads by WAMCO

އިންގްލެންޑްގެ ނެޝަނަލް އިންފެކްޝަން ސާރވިސްގެ ޝެރަން ޕީކޮކް ބުނީ، 3.5 މިލިއަން ގެ ޓެސްޓް ކިޓްތައް ސަރުކާރުން ގަތުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި އެ ކިޓްތައް އެމޭޒަންގައި ދުވަސްކޮޅެއް ތެރޭގައި ވިއްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮފެސަރ ޕީކޮކް ކައިރި އެ ޓެސްޓް ކިޓްތައް އެ ގައުމުގެ އާއްމުންނަށް ދެނީ ހިލޭތޯ ނުވަތަ ވިއްކަނީ ތޯ ސުވާލުކުރުމުން އޭނަ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް އިންގްލެންޑްގެ ޕަބްލިކް ހެލްތް އިން ޑެއިލީ މެއިލްއަށް މައުލޫމާތު ދެމުން ބުނީ ޓެސްޓް ކިޓްތައް ވަރަށް އަވަހަށް އެގައުމުން ބައްޔަށް ޝައްކުވާ މީހުންނަށް ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެ ޓެސްޓް ކިޓްތައް ބަރާބަރަށް ވޯކް ކުރޭތޯ ބެލުމަށް ފަހު އެ އެއްޗެހި އެމޭޒަންގައި ވިއްކަން ފަށާނެ ކަމަށެވެ.

އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ކޯވިޑް 19 އަށް ޝައްކުވާ މީހުންނަށް މި ޓެސްޓް ކިޓްތައް ހިލޭ ދިނުމަށް ވަނީ އެގައުމުން ނިންމާފައެވެ. ސަބަބަކީ ނަރުހުން ވީހާވެސް އަވަހަކަށް ބަލި ހުރިތޯ ބެލުމަށްފަހު ނެތިއްޔާ މަސައްކަތަށް ނެރުން ކަމަށެވެ.

މީގެ އިތުރުން އެ ޓެސްޓް ކިޓްތަކުގެ ސައްހަކަން ބެލުމަށް ހަފްތާއެއްހާ ދުވަސް ތެރޭގައި ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!