ސަނީ ލިއޯނީ އާ ކާރެއް ގަނެފި، ހުރީ އުފަލުން ފޮޅިފައި

ބޮލީވުޑްގެ ތަރި ސަނީ ލިއޯނީ އަގުބޮޑު ކާރެއް ގަނެފިއެވެ.
ފިރިމީހާ އާއި ދަރިންނާއެކު މިހާޜު ލޮސް އެންޖެލަސްގައި ދިރިއުޅެމުން އަންނަ ސަނީ މިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައެވެ.
އާ ކާރު ލިބުމުގެ އުފަލުގައި ސަނީ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ފިރިމީހާ ޑެނިއެލް ވެބާ އާއެކު އައު ކާރު ދުއްވާލަންދިޔަ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި މި ކާރު ދުއްވާ ކޮންމެ ފަހަރަކު ވެސް ބަޔާން ކުރަން ނޭނގޭ ފަދަ އުފާވެރި ކަމެއް ލިބޭ ކަމަށް ސަނީ ބުނެފައިވެއެވެ.
ސަނީ އާއި އޭނާގެ ފިރިމީހާ ގަނެފައިވަނީ އިޓަލީގެ މަސަރާޓީ ބްރޭންޑުގެ ކާރެކެވެ.
ގިނަ ތަރިންނެކޭ އެއްފަދައިން ސަނީ ވެސް ފާހަގަވެފައި އޮންނަނީ އަގުބޮޑު ކާރުތަކަށް ލޯބިކުރާ، އަދި ކާރު ކަލެކްޝަންއެއް ގެންގުޅޭ ތަރިއެއްގެ ގޮތުގައެވެ.
ސަނީ ލިއޯނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނި ވަނީ މޭއި މަހުގެ ދެ ވަނަ ހަފްތާގައެވެ.
އޭނާ ލޮސްއެންޖެނެސްއަށް ދިޔައީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދިޔަ ކޮވިޑް-19އިން ދުރުވެ ހިތްގައިމު މާހައުލެއްގައި ހުރެވޭނީ އެ ތަނުގައި ކަމަށް ފެންނާތީއެވެ.