ޚަބަރު ސަރުކާރު

އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީއަށް ކިޔަވައިދޭ ޓީޗަރުންގެ އަދަދު މަދުވުން: ޝަފީއު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު: ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީއަށް ކިޔަވައިދޭ ޓީޗަރުންގެ އަދަދު މަދުވުން / ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ

ސަރުކާރުގެ ސްކޫލުތަކުގައި 10،000 އެއްހާ ޓީޗަރުން ހަރަކާތްތެރިވަމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ މުދައްރިސުންގެ އަދަދު މަދުވުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަފީއު ވިދާޅުވީ ސަރުކާރުގެ ސްކޫލުތަކުގައި 10،000 އެއްހާ ޓީޗަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ދިވެހި، އިސްލާމް މާއްދާގެ އިތުރުން ކެމްބްރިޖްގެ ސިލަބަހުގައި ހިމެނޭ މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ އަދަދު މަދު ކަމަށެވެ.

"މައިގަނޑު މައްސަލައެއްގެ ގޮތުގައި އެންމެ ބޮޑު މައްސަލައަކަށް އަޅުގަނޑު ފާހަގަކުރާނީ ޕްރައިމަރީ ޓީޗަރުން މަދުވުން،" ޝަފީއު ވިދާޅުވި އެވެ.

އެކަމަށް ހައްލު ހޯދުމަށް މިހާރު ފަށާފައިވާ ޕްރޮގްރާމަށް ލިބިފައިވާ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ހާއްސަ ކުރާނެ ކަމަށާއި، އޭރުން މުޅި މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރިންސިޕަލުންނާއި ތަމްރީނާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ހަރުދަނާކޮށް، އެ އިންސްޓިޓިއުޓްގެ މެންޑޭޓުގައި ހިމެނޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ތެރެއިން މުދައްރިސުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިގޮތަށް ފުރުސަތުތަކެއް ހޯދައިދެވިއްޖެ ކަމުގައި ވަނީ ނަމަ ހިދުމަތުގައި ތިއްބެވި ޓީޗަރުންނަށް އެ ބޭފުޅުން ބޭނުންވާ އެކިއެކި ހުނަރުތައް ލިބިގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.

އެ ފުރުސަތުގެ ތެރެއިން ވަޒީފާއަށް ދަމުން އިތުރު ތަނަކަށް ދަތުރުނުކޮށް ރަށުގައި ތިބެގެން ތަމްރީނުވެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ޝަފީއު ފާހަގަކުރެއްވި އެވެ.

Ads by Ooredoo
  1. ކީކޭ ބުނާނީ

    ޓީޗަރުން މަދުވުމެއް ނޫން، ކިޔަވައިދިނުމުގެ ޤާބިލު ކަން ނެތުން، އަދިވެސް މުޗާރަ ބޯޑުކުރޭ،
    ތިޔަށް ބޮޑުކުރި މުސާރަ ބެލެނިވެރިންނަށް ދޭންވީނު އޭރުން އެއެތިކޮޅުވެސް ޓިޔުޝަން ޓީޗަރުންނަށް ދީގެން ކިޔަވައި ދެވިދާނެ (: