Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަސްވާރު ޕްރޮގްރާމުގެ ކޮންމެ ބައިވެރިއަކަށް 5،000 ދޭނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަސްވާރު ޕްރޮގްރާމުގެ ކޮންމެ ބައިވެރިއަކަށް 5،000 ދޭނެ

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމުގެ ކޮންމެ ބައިވެރިއަކަށް 5,000 ރުފިޔާ ދޭނެކަން ހާމަކޮށްފި އެވެ.

ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި އާރުޑީސީ އާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައި، އިންޓާނުންގެ ގޮތުގައި އައްޔަނު ކުރެވިފައިވާ ފަސް ފަރާތަށް އޮފަ ލެޓަ ވަނީ ހަވާލުކޮށްފަ އެވެ. މި އިންޓާންޝިޕް ޕްރޮގްރާމަކީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހިމެނޭ 5 ބައިވެރިންނަށް އަމަލީ މަސައްކަތާއި ތަމްރީނާ އަދި ތަޖުރިބާ ހޯދައިދޭނެ އެވެ. އެގޮތުން އާރުޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިން، ޕްރޮޖެކްޓްސް އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ އެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން ޕްރޮގްރާމުގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިއްބައިދިނުން ކަމަށެވެ. އަދި މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެ ފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން ވަޒީފާ ދޭ ފަރާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް އަހުލުވެރިވާނެ ކަމަށެވެ.

އެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ފަހިވެ، މަސައްކަތުގެ މާހައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ މިނިސްޓްރީން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމުގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް