ފަޅު ރަށް ހޯދަން 4 ކައުންސިލަކުން ޕްރޮޕޯސަލް

ކައުންސިލްތަކަށް ފަޅުރަށް ރަށް ލިބޭނެ އުސޫލެއް ކަނޑައަޅައި އެ އުސޫލުގެ ދަށުން 4 ކައުންސިލަކުން ފަޅުރަށް ހޯއްދުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވާ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
" އަދި ޕްރޮޕޯސަލްތައް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރުމަންޓުން ރިވިއު ކުރަމުން ދަނީ"
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަށުން ނަގާ ޓެކްސް ގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އުމްރާނީ ހާލަތު އަމިއްލަ އަށް ބަލައި 50 ކައުންސިލް އިދާރައެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކޮންޓްރެކްޓް ފައިނޭންސްގެ ދަށުން 55 ކައުންސިލް އިމާރާތްކުރުމަށް ހުށައަޅައިފައިވާ ޕްރޮޕޯސަލް ރިވިއުކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށެވެ.
"ތަފާތު ކުރުމެއް ނެތި މި ސަރުކާރުން ހުރިހާ ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ދީ، ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ މަގު ފަހިކޮށްދޭ. އެކަން އެދަނީ މީޑިއާތަކުން ހާމަވަމުން"
ރައީސް ޑރ މުހައްމަދު މުއިއްޒު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ޝަރީފް ފާހަގަކުރެއްވި އެވެ.